ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާހް ވަކިކޮށްފިއެވެ.
ޕީސީބީން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ.ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުޙައްމަދު ނަޖާހް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަަމަށެވެ.
ނަޖާހް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ކަމުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް ނަޖާހް އައްޔަން ކުރީ 2024 ޑިސެމްބަރ 23 ގައެވެ. ނަޖާހް ވަނީ 21 އަހަރު ސިފައިން ގޭގައި ހިދުމަތް ކުރައްވާފައެވެ.
