މާލޭގެ މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންއިނަރު ސްކޭނަރު ބެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށެވެ.
މިއީ މަނާ ތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް މާލޭގެ މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންއިނަރެއް ބެހެއްޓޭ ފުރަތަމަ ފަހަރެވެ. މި ސްކޭނަރު ބެހެއްޓުމަށްފަހު ރާއްޖެއަށް ވޭޕް ފަދަ މަނާ ތަކެތި ވަގަށް އެތެރެ ކުރުން ހުއްޓުވޭނެ ކަމަށާއި، ބޯޑަރު ސެކިއުރިޓީ އާއި އިންޓަލިޖެންސް އެނަލިސިސްވެސް ހަދަމުން، ރާއްޖެއަށް އެތެެރެވާތަކެތި ބަލާލެވޭނެ ކަމަށެވެ.
މީގެ އިތުރުން ފާހަގަ ކުރެއްވީ އިންޓަސެޕްޓް ކުރެވޭ ވަރު ގިނަ ވުމަކީ އޭގެ ޒާތުގައި ލޯ އެންފޯސްމެންޓް ހަރުދަނާކޮށް ގެންދެވޭ ކަމުގެ އެއް ހެކި ކަމަށާއި ކަސްޓަމްސް އިން ތަންތަނުގައި %100 ސްކްރީނިން ކުރަން ފެށީމަ މި ކޮންޓްރަބޭންޑް ހިޓްވާ ވަރު އިތުރުވާނެ ކަމަށެވެ.
އަދި އޭގެ ސަބަބުން ޤަވާއިދާއި ޚިލާފު ތަކެތި އަތުލައިގަނެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒިރު ވިދާޅުވިއެވެ.
ރާއްޖެ އަށް އެތެރެވާ މަސްތުވާ ތަކެއްޗާއި އެހެނިހެން މަނާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.


