logo

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފަރާތްތަކަށް ދޭ އެވޯޑަށް ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

މި އަހަރު ގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައިވެސް "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ގެ ނަމުގައި ޢިނާމެއް ދިނުމަށް ހަމަޖެހިއްޖެއެވެ.

މި އަހަރު ގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ގެ ނަމުގައި ޢިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ ކަމަށް ސިއިހަތާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

މި ޢިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.

މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި ޢިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި އަހަރު ގެ ޝިޢާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މި އެވެ.

ކޮންމެ އަހަރެއްގެ 31 މޭ އަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ދިވެހިރާއްޖޭގައިވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ.

ad