logo

އެމްޑީޕީން ޗެއާޕާސަނަށް ލަފާދޭން ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.

މި ބޮޑެތި ބަދަލު ގެންނަން ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ވަނީ ނިންމާފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިިކޮޅު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެނެސްފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ އިއުލާން ކުރިއަސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި ޕާޓީގެ އިސްވެރިން މި 2-3 ދުވަހު ބޭއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް އައިސްފައި ވަނީ ކުރީގެ ރައީސުންނަށް، އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމާއި ޗެއާޕާސަނަށް ލަފާދިނުމަށް ފަސް މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް އުފައްދާށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަކީ, ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.

މި ކޮމިޓީއާ އެމްޑީޕީ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ، ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެންނެވެ.

ad