logo

މަޖިލީހުގެ ނައިބު ރައީސް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

މަޖިލީސް އިދާރާއިން ބުނީ، ނާޒިމްގެ އެ ދަތުރުފުޅަކީ 7 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2 ވަނަ ސީޕީއޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ނާޒިމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ކަރާޗީއަށެވެ.

މި ދަތުރުފުޅުގައި،މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީޕީއޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު (68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް) ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ހަވާލުކުރެވޭނެ ކަމަށް މަޖިލީސް އިދާރާއިން ބުނެއެވެ.

ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މި އަހަރުގެ ޝިޢާރަކީ، "މުސްތަޤްބަލުގެ ޕާލިމެންޓުތައް: އިތުބާރާއި، ޝާމިލުވުމާއި، އައު އީޖާދުތަކާއި ސުލްހައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން" މިއެވެ.

މިމަހުގެ 3 އިން 7 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް އަދި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވެއެވެ.

ad