ޔޫ.އޭ.އީ.ގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ޔޫއޭއީގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ތެރިކަމެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭން އަބަދަވެސް ޔޫ.އޭ.އީ.އާ އެކުގައި ވާ ކަމަށާއި އެ ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާނެ އެވެ.
އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.


