މަޖިލީހުގެ މެމްބަރުން ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. ކުރީގެ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސިއްރު އިންގިލާބެއް ހިނގާ ކަމަށާއި ދާދި ފަސޭހައިން ހާލަތު ބަދަލުވެގެންދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ 20 ވަނަ މަޖިލިސް އޮތީ ސާބިތުކަމާއެކު ރައީސް މުއިއްޒާއެކު ގަދަކޮށް ކަމަށެވެ. ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދަޢުރު މިއޮއް ނިމެނީ ކަމަށާއި، ޔާމީނު މިހާރު އެމެރިކާއިން އެ ގެންނަ ބޭސް ނުގެންނަންތޯ އަހާ ފަލާހް ވަނީ ޔާމީނަށް ރައްދު ދެއްވާފައެވެ
ޔާމީން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ކަންކަމުގައި ހިތްހަމަނުޖެހިފައި ތިބި މެމްބަރުން އެބަތިބި ކަމަށާއި އެގޮތުން ކަޅު ބާޒާރުން ޑޮލަރު ގަނެގެން ވިޔަފާރިކުރާ މީހުންނާއި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުން ވެސް މަޖިލީހުގައި އެބަތިބި ކަމަށެވެ.
މަޖިލީހުގެ ތެރޭގައި ސިއްރު އިންގިލާބެއް ހިނގާ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު މާބޮޑު ތަފްސީލެއް ޔާމީންގެ ވާހަކައިގައި ދެއްވާފައި ނުވެއެވެ.

.jpg&w=256&q=75)
