ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ވައިޓް އެލާޓް ނެރެފިއެވެ.
މެޓުން ބުނީ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ކަމަށާއި، މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ ރާއްޖޭގެ ދެކުނަށް ކަމަށްވެސް ބުނެފައިވެއެވެ.މެޓް އޮފީހުން ބުނި ގޮތުގައި ވައިގެ ބާރުމިން ހުންނާނީ، 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް އެ އިދާރާއިން އަންދާޒާކޮށްފައިވަނީ، ކަނޑުތައް މަޑުވާނެ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ


