logo

8 ބިދޭސީން ޗެކްކޮށް، 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން އިތުރު ބިދޭސީންތަކެއް ބަލައިފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ ވަނީ މާލެ ސަރަހައްދު ބިދޭސީންނާއި ސުވާލުކޮށްފައި ކަމަށެވެ. އެގޮތުން ސުވާލުކޮށްފައިވަނީ ޓޭކްއަވޭ އަދި ކެފޭތަކުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނެއްގައި 8 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ad