ގދ. ގައްދޫ ކައިރިއަށް މަހަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
މަހަށް ގޮސް އެން ދަމަން ފޭބި ފަހުން ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނިފައިވަނީ ގދ. ގައްދޫ އޭޝިޔާ، އުމުރުން 44 އަހަރުގެ އިސްޙާޤު ރަޝީދުއެވެ.
ފުލުހުން ބުނީ، އިސްޙާޤު ރަޝީދު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 05:40 އެހައިކަންހާއިރުކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން ގދ. ގައްދޫ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ މައުލޫމާތުދެއްވާފައެވެ.
ގައްދޫ ކައުންސިލުން ބުނީ، އިސްޙާޤު ރަޝީދު ގެއްލުނީ އެރަށްކައިރީ އޮންނަ މާވެއްދޫ މައިފަރު ބޭރުގައި އެންދަމަން ފައިބައިގެން އުޅެނިކޮށްކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުންގެ ވަނީ ބުނެފައެވެ.
