logo

މޯލްޑިވް ގޭހުން ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފި

މަޒީ
13 ގަޑިއިރު ކުރިން

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން މޯލްޑިވްސް ގޭހުން ގޭސް އަޅައިދޭ މިންވަރުތަކަށް ވަގުތީ ބަދަލުތަކެއް މިއަދު ގެނެސްފިއެވެ.

އެގޮތުން ގެނައި މި ބަދަލާއެކު ގޭސް އަޅައި ދިނުމަށް ހަމަޖެހިފައިވަނީ،10ކިލޯގެ ފުޅިއަކަށް7ކިލޯ،22ކިލޯގެ ފުޅިއަކަށް14ކިލޯ އަދި45ކިލޯގެ ފުޅިއަކަށް31ކިލޯގެ ގޭސްކަމަށް މޯލްޑިވް ގޭހުން ބުންޏެވެ.

މޯލްޑިވް ގޭހުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މި ބަދަލަށް ޢަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

ގޭސް އެޅައިދޭ މިންވަރަށް ބަދަލުތަކެއް ގެނައި ނަމަވެސް، ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބިނާކޮށް، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުންނެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އެ މަޝްރޫޢު ނިމުމުން، 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި، މި މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށްވެސް މޯލްޑިވް ގޭހުން ހާމަކުރެއެވެ.

މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ad