-
-
logo

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައި: މިނިސްޓަރ އާދަމް ނަސީރު

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައި: މިނިސްޓަރ އާދަމް ނަސީރު

މިއަހަރު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، 60 ވަނަ މިނިވަން ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެވުޒާރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް މިފަރު ކުރިއަށްގެންދަން ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ކަމާބެހޭ ތާރީޚީ މަޢުލޫމާތު އާންމުކުރުމާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްދާކަމަށާއި، އެގޮތުން އެހެންއަހަރުތަކެކޭވެސް އެއްގޮތަށް ޤައުމީ ދިފާއީ ބަރުން ކުރިއަށްގެންދާ ހަރަކާތްތަކާއި މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ފުޅަނދުބުރެއްވެސް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެނޫން ބައެއް ކަހަލަ ހަރަކާތްތައްވެސް މާލެއާއި ހުޅުމާލޭގަވެސް އޮންނާނެކަމަށާއި އޭގެއިތުރަށް ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ބައެއްކަހަލަ ހޭލުންތެރިކަމުގެ ޝައުޤުވެރި ޕްރޮގްރާމްތައް އާންމުކުރެވޭނކަމަށް ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ޒަމާނުގަ މިފަދަ ދުވަސްތަައް ރަސްމީކޮށް ފާހަގަކުރުމަކީ މުހިއްމުކަމަށާއި، މި ކަންކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީ އެހާމެ މުހިންމު ހަނދާންތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެބައެއްގެ ތާރީޚް، އެބައެއްގެ ތަރިކަ ނުވަތަ އެބައެއްގެ އަސަރުތައް ޖީލުތަކަށް ވާސިލުވާންޖެހޭކަމަށެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26ވަނަ ދުވަސް ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ބައެއް ހާލަތްތަކާ ގުޅިގެން ބައެއް އަހަރުތަކުގައި މިނިވަންދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ކުރިއަށް ނުގެންދާ ކަން ފާހަގަކުރެވެއެވެ.

އެގޮތުން މިދިޔަ 2024ވަނަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ބާއްވާފައި ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުވެސް މިނިވަން ދުވަސް ޚައްސަ ޖަލްސާ ވަނީ ބާއްވާފައެވެ.

ad